މާލޭގެ ހީނާމާގެ ޕާކިންގ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެގޮތުން މިކަން ހާމަކޮށް އިއްޔެ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޕޯޓްކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭތެރެ ދޭތެރެއިން މިފަދަ ރެއިޑް އޮޕަރޭޝަންތައް ހިންގަމުން ގެންދެ އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ވަނީ ގިނަ ރެއިޑްތަކެއް ޖަހައި، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.