ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިމިގްރޭޝަންގެ ރެއިޑެއް

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. އަދި ޝާރިޢުވަރުދީ މަގަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ އެމަގަކީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މަގަކަށް ވާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން 44 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެސްވެއެވެ.

ގަވާއިދާހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އިމިގްރޭޝަނުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އަންނަނީ ބިދޭސީންގެ ބައޯ މެޓްރިކްސް އެއްކުމުގެ ހާއްސަ އޮޕަރޭޝަން އެއް ކަމަށްވާ އޮޕަރޭޝަން ކުރަނގި ހިންގަމުންނެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ