މާދަރީބަހުން މުޢާމަލާތްކުރުމަކީ ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ: މިނިސްޓަރ ހައިދަރު

Advertisement

އެންމެ ފަސް

Advertisement

މާދަރީބަހުން މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ ވަރުގަދަ ބިންގާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގައެވެ. މި ރަސްމިއްޔާތަކީ ފެކަލްޓީ އޮފް އާރޓްސް، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ މާދަރީބަހަށް ކުޅަދާނަވެފައިވާ މިންވަރަކުން، ދެވަނަ ނުވަތަ ތިންވަނަ ބަހެއް ދަސްކުރުމަށް ފަސޭހަވާކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ”ދުނިޔެވީ ފަސޭހައަށްޓަކައި ބަހާއި އަދަބިއްޔާތު ދޫކޮށްލާ ބައެއްކަމުގައި ނުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭ“ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ތަޢުލީމީ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ، މަތީ ފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެ ގޮތްތައް އެކުލަވާލުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ދެވޭ ތަޢުލީމުގެ ފެންވަރަށް ޖަވާބުދާރީވާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ހައިދަރު ވަނީ ދަރިވަރުންނަށް، އަބަދުވެސް އާ ކަންތައްތައް ދަސްކުރުމަށާއި، ތަޢުލީމު އިތުރަށް އުނގެނުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ