މ. މުލީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖެއްސުމުގެ އެންމެހާ ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައި ކަމަށް ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހާމަކޮށްފި އެވެ.
އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން މައުލޫމާތު ދެއްވި ގޮތުގައި، ޓެސްޓު ފްލައިޓް މާލެއިން ފުރާނީ މެންދުރުފަހު 2:30 ގައެވެ. އަދި މުލީ އެއާޕޯޓަށް ޖައްސާނެކަމަށް ލަފާކުރެވެނީ 3:45 ހާއިރުގަ އެވެ.
މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ދިގުމިނާއި 30 މީޓަރުގެ ފުޅާމިނުގެ ރަންވޭއެއް މި އެއާޕޯޓްގައި ހިމެނެ އެވެ.
221 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅޭ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މ. މުލި
