ސީއީއޯއަށްފަހު، ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރަކުވެސް އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން އިސްތިއުފާ ދެއްވިތާ މަހެއް ފަހުން އެ ބޭންކުގެ ބޯޑު މެންބަރަކުވެސް އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަހުމަދު އަލީ އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިސްތިއުފާ ގަބޫލުކޮށް މިހާރު އޭނާ އެ މަގާމުން ވަކިކޮށްފައިވާކަމަށް ޕީސީބީން ބުނެ އެވެ.

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަ ޕެޓާސަން-ޖޯންސް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރަކު ގާތްގާތުގައި އިސްތިއުފާ ދެއްވި ސަބަބެއް ސާފެއްނުވެ އެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް 2024 މެއި 16 ވަނަ ދުވަހު އުފެއްދެވި ބޭންކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ