ޔާމީންގެ ޝަރީއަތް މިމަހު 28 ވަނަ ދުވަހު

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާާ ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމެއް މި މަހު 28 ވަނަ ދުވަހަށް ކްރިމަނިލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ބަލައިގަނެ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައިވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި އެފަހަރު ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ވ. އާރަށުގެ މައްސަލާގައި ވެސް ލީސިންގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. ހައިކޯޓުން ވަނީ އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓު އެމްއެމްޕީއާރްސީ ހިޔާނާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ