މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އެވެ.
އެގޮތުން މިނިސްޓްރީ އާއި ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކާއި އެ މިނިސްޓްރީން ރަށެއް ކަނޑައަޅާނީ“ ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު“ އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އެހެނީ ޢީދަށް ރަށްރަށް ކުލަބޮކިތަކުން ދިއްލާލުމާއި ތަކުބީރުގެ އަޑުން ގުގުމާލަން ފެށީ ރައީސް މުޢިއްޒުގެ ޒަޢާމަތުގަ އެވެ.
މިނިސްޓްރީން މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ހަމަ ޖެހިފައިވަނީ 3 ރަށަކަށެވެ.