ޤައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް ކަމަށާއި، މާޔޫސްކަމުން ދުރަށް ދާންވީ ދުވަހެއް ކަމަށް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ”ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ އެ ދުވަހަކީ އުންމީދުގެ ދުވަސްކަން. އެއީ މާޔޫސްކަމާ ދުރަށް ދާންވީ ދުވަސްކަމާ، ބޭރުގެ ވަރަށް ވަރުގަދަ ބާރަކާ އަޅުގަނޑުމެންގެ ވަރަށް އާދައިގެ ގޮތެއްގަ ތައްޔާރުވެލެވުނު ތައްޔާރުވެލުމަކުން ކުރިމަތިލީ ވަރަށް ގިނަދުވަސްތަކެއްގެ ވަރަށް ދަތި ދުވަސްތަކެއް އެކަމުގައި ހޭދަކުރެވުނީ އެކަމް އެހެން ހޭދަކުރެވުނު ދުވަސްތަކުގެ ނަތީޖާ އަކަށް ވީ މާތްﷲ އެ ޖިހާދަށް ނަސްރު ދެއްވުން“ ކަމަށެވެ.
މިނިސްޓަރު އާދަމް ނަސީރު އިތުރަށް ވިދާޅުވި ގޮތުގައި، ޤައުމެއްގެ ތާރީޚުގައި އަންނަ މުހިންމު ދުވަސްތަކުގެ ތެރެއިން އެ ޤައުމެއްގެ މިނިވަންކަމާއި ދެމިއޮތުމާ ގުޅުންހުރި ދުވަސްތަކަކީ ވަރަށް މުހިންމު އަދި ޚާއްސަ ދުވަސްތަކެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިފަދަ މުހިންމު އެތައް ދުވަހެއް ހިމެނެއެވެ.
”ޤައުމީ ދުވަސް މުހިންމު ވަނީ އެއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ޚާއްސަ ދުވަހަކަށް ވާތީ“ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މީލާދީން 1558 އިން 1573 އާ ހަމައަށް ދިވެހިރާއްޖެ ދުށީ ވަރަށް ނާމާން، ބިރުވެރި އަޅުވެތި ދުވަސްތަކެކެވެ. މިއީ ޕޯޗުގީޒުންގެ އަޅުވެތިކަން ތަޖުރިބާކުރި ދުވަސްތަކެވެ. ތާރީޚުން އެނގޭ ގޮތުގައި މި ނުރައްކާތެރި ހާލަތުން ރާއްޖެ އަރައިގަތުމަށްޓަކައި މަސައްކަތްކުރެއްވީ އުތީމު ތިން ބެއިންނާއި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ ޤައުމީ ދުވަސް