ޒަކާތަކީ މުސްހަނދިންގެ އަތުން ދައުލަތަށް ނަގަންޖެހޭނެ އެއްޗެއް: ހުކުރު ޚުތުބާ

Advertisement

އެންމެ ފަސް

Advertisement

ޒަކާތަކީ މުއްސަނދިންގެ އަތުން ދައުލަތަށް ނަގަންޖެހޭނެ އެއްޗެއް ކަމަށާއި، ޒަކާތް އަމިއްލައަށް ދެއްކުމުގެ ބަދަލުގައި ޒަކާތް ދައްކަންޖެހޭނީ ދައުލަތުގެ އިދާރާއަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ”ފަރުޟު ޒަކާތާއި އިޤްތިސާދާއި ހުރި ގުޅުން“ އެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި، ޒަކާތަކީ މުދާވެރިން ފޯރުކޮށްދޭ ފަރުދީ އިޙުސާންތެރިކަމެއް ނޫނެވެ. އެއީ މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ފަރުޟު އަޅުކަމެކެވެ. އަދި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާ އިރު، ޒަކާތްދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކުން ޒަކާތް ދެއްކުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.

ޚުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒްޤު ހޯދުމަށެވެ. ހަށިގަނޑުގައި ބާރުހުރި މީހަކު ޒަކާތް ލިބިގަތުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މުއްސަނދިންގެ މުދަލުން ޒަކާތް ނެރުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ، އެބައިމީހުންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި މުދަލު ޒަކާތާ މެދު ގިނަ ބައެއްގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެއްވި އެވެ. މިގޮތުން ”ބައެއް މީހުން ދެކޭގޮތުގައި ހަމައެކަނި ރަމަޟާން މަހު ފިޠުރު ޒަކާތް ދެއްކުމުން ފުދޭނެ ކަމަށާއި، އަނެއްބައި މީހުން ދެކޭގޮތުގައި ބޮޑެތި ވިޔަފާރިވެރިން ނޫން މީހުން ޒަކާތް ދައްކާކަށް ނުޖެހޭނެ“ ކަމަށް ޤަބޫލުކުރާކަން ފާހަގަކުރެއްވި އެވެ.

ޚުތުބާ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރައްވައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން، ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީޢަވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ޒަކާތް ނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކުން ޒަކާތް ދެއްކުމަށް ގޮވާލެއްވި އެވެ.

ހުކުރު ހުތުބާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ