ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 34 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 34 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އަހްމަދު ރަޝްވާން އިސްމާއީލް ރަޝީދުގެ މައްޗަށެވެ.

މި މައްސަލައިގައި މީނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން 2 ދައުވާއެއް އުފުލާފައިވެ އެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކަށްވާތީ މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓު ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ