ދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު މުޙައްމަދު ވަހީދު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި މިއަދު ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.
މި ދަފްތަރު ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ. އެ މަނިކުފާނުގެ ހަނދާނުގައި ހުޅުވުނު ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވިފައިވެ އެވެ.
އުމުރުފުޅުން 77 އަހަރުގައި އަވަހާރަވެވަޑައިގެންނެވި މަޑުލު ވަހީދަކީ ދިވެހިބަހާއި ތާރީޚަށް އަދި މީޑިއާގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު އަވަހާރަވެވަޑައިގަތީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި ހުންނެވުމަށްފަހުގަ އެވެ.
މަޑުލު ވަހީދުގެ ފަޚުރުވެރި ޚިދުމަތުގެ ތެރޭގައި، ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ހިމެނެ އެވެ. އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ.
އެ މަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ގިނަ އިނާމުތަކާއި ޝަރަފުތައް ލިބިވަޑައިގެންފައިވެ އެވެ. މީގެ ތެރޭގައި 1997 ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހިމެނެ އެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަމުގެ ވެރިއެއްގެ ގޮތުގައިވެސް ފާހަގަކުރެވޭ މަޑުލު ވަހީދަކީ، ގިނަ ދަރިވަރުންތަކަކަށް ތަޢުލީމު ދެއްވި އުސްތާޛެއްވެސް މެއެވެ.
މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ