ފަސް މިލިއަން ގަހުގެ ތެރެއިން ބައި މިލިއަނާ ގާތްކުރާ އަދަދަކަށް ގަސް އިންދައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 490،000 އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އެކި ކުންފުނިތަކާއި މުއައްސަސާތަކުން ޖުމްލަ 5.2 މިލިއަން ގަސް އިންދުމަށް ވަނީ ވައުދުވެފަ އެވެ. މީގެ ތެރޭގައި އެޗްޑީސީ އާއި އެމްޕީއެލްއިން ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް، ރީޖަނަލް އެއަރޕޯޓްސްއިން 600،000 ގަސް، ސްޓެލްކޯއިން 500،000 ގަސް އަދި އެސްޑީއެމް ފާމުން 750،000 ގަސް ހިމެނެ އެވެ. އަދި އެހެނިހެން މުއައްސަސާތަކާއި ޖަމިއްޔާ އަދި ކުންފުނިތަކުން 1.3 މިލިއަން ގަސް އިންދުމަށް ވަނީ ވައުދުވެފަ އެވެ.

މި މަޝްރޫޢަކީ 2023 ވަނަ އަހަރު ދުބާއީގައި ބޭއްވުނު ކޮޕް28 ބައްދަލުވުމުގައި ރައީސް މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށިފައިވަނީ މިއަހަރުގެ ޖޫން 5 ވަނަ ދުވަހު، ތިމާވެށީގެ ދުވަހާ ދިމާކޮށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ”ކޮންމެ ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރެވޭނެ އެވެ. އަދި މި މަޝްރޫޢުގައި ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި، ސްކޫލް ކުދިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން މި މަސައްކަތުގައި ހަރުދަނާކަމާއެކު ބައިވެރިވަމުންދާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ