ގުޅީ ސިއްހީ މަރުކަޒަށް މަސައްކަތްތެރިން ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

ކ. ގުޅީ ސިއްހީ މަރުކަޒަށް މަސައްކަތްތެރިން ހޯދުމަށް އިއުލާނުކޮށްފި އެވެ.

ވަކިވަކިން ކުރި ފަސް އިއުލާނެއްގައި ވަނީ ފަސް ދާއިރާއަކުން ބޭނުންވާ ސިއްހީ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފަ އެވެ.

އެގޮތުން މަސައްކަތްތެރިން ބޭނުންވާ ފަސް ދާއިރާއަކީ:

  • ރެޖިސްޓާޑް ނާސް
  • މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓް
  • ކަސްޓަމާ ސާވިސް އޮފިސަރު
  • އެމްބިއުލެންސް ޑްރައިވަރު
  • ހެލްތް ކެއާ އެޓެންޑެންޓް

ނަރުހުން ހޯދަން ކުރި އިއުލާނުގައިވާ ގޮތުން ބޭނުންވަނީ އެ ސިއްހީ މަރުކަޒުގައި ދާއިމީކޮށް މަސައްކަތްކުރާނެ ދެ ރެޖިސްޓާޑް ނަރުހުންނެވެ.

އަދި މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ބޭނުންވަނީ ދާއިމީކޮށް މަސައްކަތްކުރާނެ އެކަކު ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ތިންވަނަ އިއުލާނުގައިވާ ގޮތުން ބޭނުންވަނީ ދާއިމީކޮށް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާނެ އެއް ކަސްޓަމާ ސާވިސް އޮފިސަރެކެވެ. އެމްބިއުލެންސް ޑްރައިވަރަކަށް ވެސް ބޭނުންވަނީ އެކަކު ކަމަށާއި، ހެލްތް ކެއާ އެޓެންޑެންޓަކަށް ވެސް ބޭނުންވަނީ އެކަކު ކަމަށް އިއުލާނުތަކުގައިވެ އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތައް ހަމަކޮށް މި މަހުގެ 14 ވަނަ ދުވަސްވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެ މަރުކަޒުގެ އޮފީހަށް ހުށަހެޅުމަށެވެ. ނުވަތަ އެ ސިއްހީ މަރުކަޒަށް އީމެއިލް ވެސް ކުރެވިދާނެ ކަމަށް އިއުލާނުގައިވެ އެވެ.

ކ. ގުޅި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ