ގުޅީގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގުޅީގެ ރައްޔިތުން އެދިފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް އެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ކ. ގުޅީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގުޅިއަކީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، މިދިޔަ ވެރިކަމުގެ ފަހުކޮޅު ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރި ކަމަށެވެ. އެ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާ މިންވަރަށް ހިމަނާފައި ނުވާތީ އެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

”ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެގެން ކައުންސިލުން ޖާގަ ބޮޑުކޮށްދޭން އެދިފައިވޭ. ގުޅިއަށް ބޭނުންވަނީ އާ ބަނދަރެއްތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކުރާނީތޯ މަޝްވަރާކޮށް، އެކަން ވެސް ކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ސްކޫލުގެ ޖާގައިގެ ދަތިކަން ބޮޑުވެގެން އެ ރަށުގައި އާ އިމާރާތެއް އަޅަން ފަށައިފައިވާ ކަމަށާއި، އެ މަޝްރޫއު ހުއްޓިފައި އޮތްއިރު އެކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ގުޅި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ