ރައީސް ލިވަޕޫލްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ބައްދަލު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި އެވެ.

މެންދުރުގެ ފަރިއްކޮޅަކާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ދަރިވަރުންގެ ހާލުކޮޅު ބައްލަވައި، ތައުލީމީ ތަޖުރިބާއާއި، ބޭނުންތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި އެ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ރައީސް ދެއްވިއެވެ.

ރައީސް އިނގިރޭސި ވިލާތަށް ކުރައްވާ މި ޒިޔާރަތަކީ، އެޤައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މި ދަރިވަރުންނާއި ބައްދަލު ކުރައްވާ ވަނީ އެ ދަރިވަރުންގެ އުންމީދުތަކާއި ކާމިޔާބީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި، ތައުލީމީ ދާއިރާއަށް ހުރި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސް މިގޮތަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި، ދިވެހިންނާ ބައްދަލުކުރެއްވުމަށް އިސްކަންދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ