އީދު ހަރަކާތްތައް އިންތިޒާމު ކުރި ފަރާތްތަކަށް ރައީސް ޝުކުރު އަދާ ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފިތުރު އީދު ދުވަސް ފާހަގަ ކުރުމަށް އެކި ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް މުއިއްޒު މި ފަރާތްތަކަށް ޝުކުރު އަދާ ކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ އަހަރުގެ ފިޠުރު ޢީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް ޕޯސްޓުގައި ޝުކުރު އަދާކުރެއްވި ފަރާތްތައް:

  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
  • މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން
  • ފުލުހުން
  • ސިފައިން
  • އެސްޓީއޯ
  • އެމްޓީސީސީ
  • އެމްޑަބްލިއުއެސްސީ
  • ވެމްކޯ
  • އެމްއޭސީއެލް
  • ސްޓެލްކޯ
  • އެމްޕީއެލް
  • އާރްޑީސީ
  • އެޗްޑީސީ
  • ޕީއެސްއެމް

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފަ އެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް، ޚާއްޞަ ގޮތެއްގައި ޢީދުގެ އިހުތިފާލުތައް އިސްލާމްދީނުގެ އިމުގެ ތެރޭން އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިތުރު އީދު ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ