4 ރަށެއްގައި އެކްސްރޭ ޚިދުމަތް ފެށުމަށް ނިންމައިފި އެވެ.
އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ރަށްތަކަކީ، ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ، އަދި އދ. މާމިގިލި އެވެ.
މި ރަށްތަކުގައި މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުން ހިމެނެ އެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.