32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ތަރައްޤީކުރަން ވެމްކޯއަަށް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ 32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ. އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިގް އިބްރާހީމް އެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތައް މި އަހަރުގެ ތިންވަނަ ކުއާޓަރގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް އިތުރު ދެ ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވެމްކޯއާ ވަނީ ހަވާލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ”މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ“ ކަމަށެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަށް ވާސިލްވުމަށް 128 ރަށެއްގައި ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަން ޖެހެ އެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ބާކީ ހުރި ރަށްތަކުގެ މަސައްކަތް ފެނަކަ، އެމްޓީސީސީ އަދި އާރްޑީސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށް ވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައި، ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ