ޗައިނާއިން އެތެރެ ކުރާ ސިގިރޭޓުންވެސް ޑިއުޓީ ނަގާނެ: މިނިސްޓަރު ސައީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާއިން އެތެރެ ކުރާ ސިގެރޭޓުންވެސް އެހެން ގައުމުތަކުން އެތެރެ ކުރާ ސިގެރޭޓުން ނަގާ ވަރަށް ޑިއުޓީ ނަގާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމު ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ ސިގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެތޯ އާއި މިކަމުގެ ސަބަބުން އާމްދަނީއަށް އަންނާނެ އަސަރާއި އެކަންކަން ފޫބެއްދުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ސައީދު ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ދުންފަތުގެ ބަވާތްތަކާއި ސިގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާ ވާނީ ޗައިނާއިން ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ސިގިރޭޓު އިމްޕޯޓް ކުރާ މިންވަރެއްގެ މައްޗަށްކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިކަމާ ގުޅިގެން މިނިސްޓަރާ އިތުރު ސުވާލެއްވެސް ކުރައްވާފަ އެވެ. މި ސުވާލު މެންބަރު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީއަކީ ކޮބާތޯ އާއި އެ އެއްބަސްވުމުގެ ދަށުން ސިގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ކަސްޓަމްސް ޑީއުޓީއަށް ބަދަލެއް އަންނާނެތޯ ސުވާލު ކުރައްވާފަ އެވެ.

މެންބަރުގެ އެ ސުވާލަށް މިނިސްޓަރު ސައީދު ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމު ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ވަނީ އިސްތިސްނާކޮށްފައި ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ސިގިރޭޓުން ޑިއުޓީ ނަގާނީ އެހެން ގައުމުތަކުން އެތެރެ ކުރާ ސިގިރޭޓަށްވެސް ނަގާ ރޭޓުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ