ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ އެބައޮތް: މިނިސްޓަރ ސައީދު

Advertisement

އެންމެ ފަސް

Advertisement

ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ އެބައޮތް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވަބު ދެއްވަމުންނެވެ.

މެންބަރު ކުރެއްވި ސުވަލަކީ ގެސްޓްހައުސްގެ ވިޔަފާރިއަށް ހައްޖު ކޯޕަރޭޝަނުން ވަންނަން ކުރަމުންދާ މަސައްކަތް ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރިތޯ އެވެ.

މި ސުވަލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި، ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ގެސްޓްހައުސް ވިޔަފާރިއަށް ހައްޖު ކޯޕަރޭޝަނުން ވަނުމުގެ ސަބަބުން ދިމާވާ ގެއްލުންތަކާ މެދު ޖަވާބެއް ދޭން ވާނީ ވަކި ދިރާސާއެއް ކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތްކުރާތީ، އެ ކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން މެންބަރަކު ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ކޯޕަރޭޝަނުން އިންވެސްޓްކުރުން މުހިންމު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށާނެކަން އިއުލާނުކުރީ ނޮވެންބަރު 6، 2024 ގައެވެ.

ހައްޖު ކޯޕަރޭޝަން ރައްޔިތުންގެ މަޖިލިސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ