ގިނަ ބާވަތްތަކެއްގެ އަގުތައް ދަށަށް، ދުންފަތްވެސް ހިމެނޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފާއިތުވި ޖެނުއަރީ މަހު ގިނަ ބާވަތްތަކެއްގެ އަގުތައް ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމު ކުރި ޖެނުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި އެ މަހު އިންފްލޭޝަން ވަނީ 0.33 އިންސައްތައިން މަތިވެފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންފްލޭޝަން ވަނީ 2.47 އިންސައްތައިން އުފުލިފަ އެވެ. ޑިސެމްބަރު މަހު އިންފްލޭޝަން އުފުލުނީ 1.11 އިންސައްތައިންނެވެ.

އަގުތައް ދަށްވި ބާވަތްތަކަށް ބަލާއިރު އެންމެ ބޮޑަށް ދަށަށް ދިޔައީ ދުންފަތުގެ ބާވަތްތަކުގެ އަގުތައްކަމަށް އެމްބީއެސްއިން ބުނެ އެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގެ އަގުތައް ވަނީ 3.86 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ޖެނުއަރީ މަހު އަގު ދަށްވި ބާވަތްތައް:

  • ދުންފަތުގެ ބާވަތްތައް: 3.86 އިންސައްތަ ދަށްވި
  • މޮބައިލް ޓެލެފޯން އާލާތްތައް: 7.72 އިންސައްތަ ދަށްވި
  • ކަރަންޓު: 1.74 އިންސައްތަ ދަށްވި
  • ފަރުނީޗަރާއި ކާޕެޓު: 5.48 އިންސައްތަ ދަށްވި
  • ސައިކަލު: 1.62 އިންސައްތަ ދަށްވި
  • ގޭގައި ހިފާ ގެންގުޅޭ ސާމާނު: 2.38 އިންސައްތަ ދަށްވި
  • މަތީ ސާނަވީ ތައުލީމު: 1.85 އިންސައްތަ ދަށްވި

ޖެނުއަރީ މަހު އަގު މަތިވި ބާވަތްތައް:

  • މަހުގެ ބާވަތްތައް: 5.19 އިންސައްތަ އިތުރުވި
  • ރެސްޓޯރެންޓްތަކާއި ކެފޭތައް: 3 އިންސައްތަ އިތުރުވި
  • މޭވާ: 4.36 އިންސައްތަ އިތުރުވި
  • ތަރުކާރީ: 2.33 އިންސައްތަ އިތުރުވި
  • ކޮފީއާއި ކޮފީގެ ބަދަލުގައި ބޭނުން ކުރާ ތަކެތި: 1.48 އިންސައްތަ އިތުރުވި
  • މޭވާ އާއި ތަރުކާރީ ޖޫސް: 1.17 އިންސައްތަ އިތުރުވި

ޖެނުއަރީ 2024 އިން ފެށިގެން މިއަހަރުގެ ޖެނުއަރީއާ ހަމައަށް އެންމެ އަގު ބޮޑުވެފައިވަނީ ދުންފަތުގެ ބާވަތްތަކުންނެވެ. އެގޮތުން އެ މުއްދަތުގައި ދުންފަތުގެ ބާވަތްތައް ވަނީ 90.02 އިންސައްތައިން އަގު އުފުލިފަ އެވެ. އެ މުއްދަތުގައި 29.33 އިންސައްތައާއެކު ދެން އެންމެ ބޮޑަށް އުފުލުނީ ރެސްޓޯރެންޓް އަދި ކެފޭތަކުގެ އަގުތަކެވެ.

ރާއްޖޭގައި ސިނގިރޭޓުގެ އަގު މިހާ ބޮޑުވެފައި މިވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމުންނެވެ. ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކޮށްފައިވަނީ ރައްޔިތުން ދުންފަތާ ދުރު ކުރުވުމުގެ އަމާޒުގަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ