ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ އަށް

Advertisement

އެންމެ ފަސް

Advertisement

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20 ރުފިޔާއާ ގާތަށް އުފުލިއްޖެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދޭތެރެދޭތެރެއިން މައްޗަށް އަރަ އެވެ.

އެގޮތުން އިއްޔެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 19.80 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގަކަށް އަރާފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށްދާތީ އެކަމުގެ ކަންބޮޑުވުން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުން ކުރެ އެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ދޭ ޑޮލަރު ސަޕޯޓު 30 ޕަސެންޓަށް ބީއެމްއެލްއިން ވަނީ އިތުރުވެސްކޮށްދީފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރު ވަނީ ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރުގެ އަދަދު 90 އިންސައްތައަށް އިތުރުކޮށްފަ އެވެ. އެމްއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އެމްއެމްއޭއިން އޭރު ބުނެފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އެމެރިކާ ޑޮލަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ