6 ތަނެއް މެދުވެރިކޮށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ: ޒަކާތު ހައުސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ދައްކާ ފަރާތްތަކަށް 6 ތަނެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.

ޒަކާތު ހައުސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރުގެ ފިތުރު ޒަކާތް އޮންލައިން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ކަމަށެވެ. ނަމަވެސް ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނަ ތަންތަން:

  1. ދިރާގު: ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް) / އެސްއެމްއެސް
  2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން) / އެސްއެމްއެސް
  3. މޯލްޑިވްސް އިސްލާމިކް ބޭންކް: ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން) / ފައިސާ ނެޓް
  4. ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) / ވެބްސައިޓް
  5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން) / ވެބްސައިޓް
  6. މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރިޕޭ / ވެބަސައިޓް / ޕޯޓަލް

މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.

ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ ދުވަސްތަކާއި ވަގުތުތައް:

  • 2 މާޗް 2025 އިން 20 މާޗް 2025: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 09:30 އިން 13:00 އަށް
  • 23 މާޗް 2025 އިން 30 މާޗް 2025: ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

މާލެ ސިޓީ ފިޔަވާ އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:

  1. އާދައިގެ ހަނޑޫ: 12 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
  3. ރަތް ހަނޑޫ: 86 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
  6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 75 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ރާއްޖޭގައި އާންމުކޮށް ކައިބޮއި އުޅެނީ ހަނޑުލާއި ފުށުގެ ބާވަތްތައް ކަމުގައި ވާތީ ރާއްޖޭގައި ޒަމާނުއްސުރެ ފިތުރު ޒަކާތް ނެރެމުން ދަނީ މި ބާވަތްތަކުންނެވެ.

ބީއެމްއެލް އުރީދޫ މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މޯލްޑިވްސް ޒަކާތު ހައުސް ފިތުރު ޒަކާތް ދިރާގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ