ބީއެމްއެލްއިން ކުޑަހުވަދޫގައި އާ ބްރާންޗެއްގެ ބިންގާ އަޅައި، އާ އޭޓީއެމްއެއްގެ ޚިދުމަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މިއަދު އެ ރަށުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އާ ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބް އަދި ސީއީއޯ މުޙައްމަދު ޝަރީފެވެ.

މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ގާއިމުކުރެވުނު އޭޓީއެމްއިން ކަސްޓަމަރުންނަށް އިތުރު ބޭންކިން ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. މި އާ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުޢާމަލާތްތައް ކުރެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ މުޖުތަމަޢާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި އާ ބްރާންޗް ނިމުމުން، ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް ހުރިހާ ބޭންކިން ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ އެވެ. މި ބޭންކުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައެއް ގާއިމުކޮށްފައިވެ އެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ