ޑީއާރުޕީގެ ދަރަނީގެ މައްސަލަ މިއަދުވެސް ކެންސަލް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ތާވަލުކޮށްފައިއޮތީ މިއަދު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް މިއަދުވެސް މި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މީގެކުރިން ޖެނުއަރީ 22 ވަނަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުން ތާވަލުކުރި އެވެ. އެހެންނަމަވެސް އެމްޓީސީސީގެ އެދުމުގެ މަތިން އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮތް މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކޮށްދިނުމަށްއެދި އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. މި ނިންމުން ހައި ކޯޓުގައި އެމްޓީސީސީގެ ފަރާތުން އިސްތިއުނާފުކޮށް އިސްތިއުނާފީ ތިން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އެމްޓީސީސީން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން ރައީސް މައުމޫންގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ނަގާ ބުނެފައިވަނީ، މި މައްސަލައިގައި ޖުމުލަ 5 މައްސަލައެއް ސިވިލް ކޯޓޫގައި ކުރިއަށް ގެންދިޔައިރު، މިއިން އެއްވެސް މައްސަލައެއްގައި މައުމޫނަކީ ހަސްމެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ސިފައެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ދަށު ކޯޓުގެ މައްސަލަތަކެއް އިސްތިއުނާފީ މަރުހަލާފައި އައުމުން، އިސްތިއުނާފީ މައްސަލަ ރައީސް މައުމޫނަށް ރައްދު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. މި އިޖުރާއީ އިއުތިރާޒާ ގުޅިގެން ރައީސް މައުމޫނުގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ ސިވިލް ކޯޓުގެ މި ގަޟިއްޔާގެ އިސްތިއުނާފު ރައީސް މައުމޫނަށް ރައްދުވާގޮތަށް ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފީ 3 ނުކުރާތެ ތެރެއިން 1 އަދި 3 ވަނަ އިސްތިއުނާފީ ނުކުރާއަކަށް ޖަވާބުދާރީވާން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އިސްތިއުނާފީ 2 ވަނަ ނުކުތާއަށް ޖަވާބުދާރީވުމަށް އަންގާފައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ ނިންމުން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހުގެ ތެރޭގަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ