ހުވާ ނުކުރާކަމަށް ބުނި ފުލުސް މީހާ މިފަހަރު ދިޔައީ ސުޕްރީމް ކޯޓަށް

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީޢަތުގައި ދޮގުހެދި ފުލުސް މީހާ، އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގދ. ތިނަދޫ، މުހައްމަދު ސާޖިދު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން އޭނާއާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ކަނޑައެޅުމާ ގުޅިގެން އޭނާ އަލުން ހައްޔަރުކުރުމުންނެވެ.

ސާޖިދަކީ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ ހައްޔަރުކުރެވުނީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގައި އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުން އޭނާގެ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނުނެވެ. ނަމަވެސް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކޯޓު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައި އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

ހައިކޯޓުން މައްސަލަ ނިންމިއިރު، ހުވާކުރުމާ ގުޅޭގޮތުން ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ޝަރީޢަތުގައި ސާޖިދު ދެއްކި ވާހަކަތަކަކީ މާތްﷲ ގަންދީ ހުވާކުރުމާ ގުޅޭގޮތުން ކަންވެގެންވާނެ ގޮތް ނޫންކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ސާޖިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަނީ ގޮތެއް ނުނިންމަ އެވެ.

ހައި ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ