ރޯދައަށް ބަނޑިދޫ ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ދ. ބަނޑިދޫ ކައުންސިލުން މިއަހަރުގެ ރަމަޟާން މަހު ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ މެދުތެރޭގައި ކަމަށެވެ.

މި މުބާރާތުގައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ މަތީ އިނާމުގެ ގޮތުގައި 1 ވަނައަށް 20,000 ރުފިޔާ، 2 ވަނައަށް 10,000 ރުފިޔާ އަދި 3 ވަނައަށް 5,000 ރުފިޔާ ހަމަޖެހިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ސްޕޮންސަރުންގެ ފަރާތުން އިތުރު ހަދިޔާތައް ލިބިދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ”މިދިޔަ އަހަރުވެސް މުބާރާތުގެ އެއް ބައިވެރިއަކަށް ސްޕޮންސަރެއްގެ ފަރާތުން އުމްރާ ދަތުރެއް ލިބިވަޑައިގަތް، މުހައްމަދު މޫސާ ވިދާޅުވި އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބަނޑިދޫ ކައުންސިލުން ވަނީ ރަށުގެ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތައްވެސް ފަށާފަ އެވެ. މި މަސައްކަތްތަކަކީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

ރަމަޟާން 1446 ދ. ބަނޑިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ