’ހިޔާލުން ހުޅުމާލެ‘ ނަމުގައި ފޯރަމެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް އަދި ދަތުރުފަތުރާ ގުޅޭ މާސްޓަރ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ’ޚިޔާލުން ހުޅުމާލެ‘ ގެ ނަމުގައި ފޯރަމެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދިން ގޮތުގައި، މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާރު ވަނީ މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ.

މި ފޯރަމަކީ ހުޅުމާލޭގެ ތަރައްޤީގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މާސްޓަރ ޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްޤީއާ ގުޅޭގޮތުން އާންމުންނާ މަޢުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ މައިގަނޑު އަމާޒެކެވެ.

އެޗްޑީސީން ބުނީ މި ފޯރަމްގައި ހުޅުމާލޭގެ މުޖުތަމަޢު ބައްޓަންކުރަންވީ ގޮތާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައި ހުންނަންވީ ގޮތާއި، ހުޅުމާލެ ފެހިކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށެވެ.

”ހުޅުމާލޭގެ ތަރައްޤީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް،“ އެޗްޑީސީން ބުންޏެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ