ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ: މިނިސްޓަރ ރާފިއު

Advertisement

އެންމެ ފަސް

Advertisement

ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ ކަމަށާއި، އެސެޓް ރިކަވަރީ ގާނޫނެއް ގެނައުމަށް މާ ލަސްވެއްޖެ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މެންދުރު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ފާއިތުވި ހަފްތާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި، ކުރީގެ އެމްޑީޕީ ސަރުކާރުގައި ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ އަމަލުތަކުގެ ތަފްސީލު ހާމަކޮށްފައިވަނިކޮށެވެ. މިދިޔަ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކެއްގެ ވާހަކަތައް ފެންމަތިވަމުންދާ މި ދަނޑުވަޅުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ވަނީ ހުކުމް އިއްވާފަ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަނަކީ އޯވަރނައިޓަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ރައީސް ސޯލިހަށްވެސް އެނގިގެން ކޮށްފައިވާ ވައްކަންތަކެއް ކަމަށެވެ.

”ފެނަކަ ސައީދަށްވެސް އަދި ރައީސް ސޯލިހަށްވެސް ފިޔަވަޅު އަޅަންޖެހޭނެ.“ މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވަނީ ސްޕޯޓްސް މިނިސްޓްރީ ތެރެއިން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ، އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހުރޫމުވެފައިވަނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ