ލައިލަތުލްޤަދްރިރޭ ލިބިގަތުމަށް ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ލައިލަތުލްޤަދްރިރޭގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެ ރޭ ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

”ލައިލަތުލްޤަދްރި“ މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުތުބާގައި، މާތް ﷲއަށް ތަގުވާވެރިވެ، ހެޔޮ އަމަލާއެކު މި މާތް މައްސަރު ނިންމައިލުމަށާއި އަމިއްލަ ނަފުސަށް ކުރެވޭ އަހުދުތަކަށް ރައްކާތެރިވުމަށް ގޮވާލާފައިވެ އެވެ. އަދި ރޯދައަށް ހުންނައިރު ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމަކަށްވާތީ އިސްތިޣުފާރުކުރުން ގިނަކުރުމަށްވެސް އިރުޝާދު ދީފައިވެ އެވެ.

ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ މާތް ﷲގެ ޙަޟްރަތަށް ކުއްތަންވެ، އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކޮށް، އެކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަމެވެ. ”އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ، ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫން“ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރިކަން ފާހަގަކުރަމުން، ކީރިތި ރަސޫލާގެ އަމަލުފުޅުތަކަށް ރިއާޔަތްކޮށް، އެ ކަލޭގެފާނު ރޭގަނޑުގެ ގިނަ ވަގުތުތައް އަޅުކަމުގައި ހޭދަކުރެއްވިކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ދަރުމައާއި ސަވާބުގެ މިންވަރަކީ ހިސާބުކުރަން ނޭނގޭހާ ބޮޑު އަދަދެއްކަންވެސް ބަޔާންކޮށްފައިވެއެވެ.

ފަހު ދިހައިގައި ލައްވައިފައިވާ ލައިލަތުލްޤަދުރި ރޭގެ މަތިވެރިކަން ފާހަގަކުރަމުން، އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެއްހާސް މައްސަރުގައި ކުރާ ހެޔޮކަމަށްވުރެ މަތިވެރި ކަމަށާއި، އެއީ މާތް ﷲ، އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެއްކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުކުރު ހުތުބާ ރަމަޟާން 1446 ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ