މިއަހަރު 2 މިލިޔަން ގަސް އިންދުމަކީ އަމާޒެއް: މިނިސްޓަރ ޠާރިގު

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކުރައްވާފައިވާ ”5 މިލިޔަން ގަސް“ މަޝްރޫޢުގެ ދަށުން، މި އަހަރު 2 މިލިޔަން ގަސް އިންދުމަކީ އަމާޒެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހާމަކުރައްވައިފިއެވެ.

”އަހާ ފޯރަމް“ ގައި، ޢާންމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ، ”5 މިލިޔަން ގަސް“ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރަށްތައް ފެހިކޮށް، ދެމެހެއްޓެނިވި ތިމާވެށްޓެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ޤައުމީ މަޝްރޫޢެއްކަމުގައެވެ.

މި މަޝްރޫޢު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި އެޕްލިކޭޝަނުގެ އެހީގައި، ގަސް އިންދި ތަނާއި، ގަސް އިންދި ފަރާތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބެން ހުންނާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ”5 މިލިޔަން ގަސް“ މަޝްރޫޢު ރަސްމީކޮށް ފައްޓަވާފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ. މި މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު 450,000 ގަސް އިންދާފައިވާއިރު،ދާފައިވާއިރު، 4 މިލިޔަން ގަސް އިންދުމަށް އެކި ފަރާތްތަކުން ވަނީ އިޤްރާރުވެފައެވެ. އަދި މި މަޝްރޫޢުގެ ދަށުން 90 ބާވަތެއްގެ ގަސް އެތެރެކޮށް އިންދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހާ ފޯރަމް މިނިސްޓަރ ޠާރިޤު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ