ރަސްފަންނާއި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މި ދެ ތަނަކީވެސް މާލޭގެ މުހިންމު އާންމު ޖާގަތަކެއް ކަމުގައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ވަނީ ބޭނުންނުކުރެވޭ ހާލަތަކަށް ގޮސްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފަ އެވެ. މި ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި ޢިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެއްކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފަ އެވެ.

ކުރިން ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާޠިލުކުރެވިފަ އެވެ. މާލޭ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ އެ އިދާރާއިންނެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން މާލޭގެ އާންމު ޖާގަތައް އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް މުނިފޫހިފިލުވުމަށް ބޭނުންކުރެވޭނެ ރަނގަޅު ތަންތަން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ. މާލޭ ސިޓީ ކައުންސިލުން މި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެ ކަމަށް ބުނެފައިވެ އެވެ.

ރަސްފަންނު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މާލެ ސިޓީ ކައުންސިލް ސަލްޓަން ޕާކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ