އިންސްޕެކްޝަނަށް ފަހު ކާބޯތަކެތީގެ ހިދުމަތްދޭ 70 ތަނެއް ބަންދު ކުރަން ޖެހުނު: އެމްއެފްޑީއޭ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މާލެ ސަރަހައްދުގައި ހިންގި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައި ފާސްކޮށް، 70 ތަނެއް ބަންދުކުރަން ޖެހުނު ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

އެމްއެފްޑީއޭ އިން މައުލޫމާތު ދިން ގޮތުގައި މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި ބަލައިފާސްކުރި ތަންތަނުގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި، ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނެ އެވެ. މި އިންސްޕެކްޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުގަ އެވެ.

މި އިންސްޕެކްޝަނުގައި ބަންދުކުރަން ޖެހުނު 70 ތަނަކީ ރަޖިސްޓްރީނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުން ގެންދިޔަ ތަންތަނާއި، މުއްދަތު ހަމަވުމަށްފަހު ހުއްދަ އާނުކޮށް ހިންގަމުންދިޔަ ތަންތަން ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ. އަދި ހުއްދަ އާކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅުމާ ގުޅިގެން 27 ތަނަކަށް ވަނީ ހުއްދަ ދޫކޮށްފަ އެވެ.

މައްސަލަ ފާހަގަވެގެން ބަންދުކުރި އެއްވެސް ތަނެއްގެ ނަމެއް އެމްއެފްޑީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅިގެންކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މާލެ ސިޓީ ކައުންސިލް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ