އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެޗްޑީސީގެ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ އެޕާޓްމެންޓް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ބަލައިފާސްކޮށްފައިވަނީ 23 ޑިސެމްބަރު 2024 ގައެވެ. ނަމަވެސް، ޑޮކިއުމެންޓުތައް ފޯޖުކުރި ކަމަށް ފަޒުލްއަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ ފައިސާ ފަޒުލްއަށް ހަވާލުކުރި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ސްޕީޑް ބޯޓުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސަސްއިން ވަނީ ހަވާލުވެފަ އެވެ. ފަޒުލްގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު ވާހަކަ މީޑިއާތަކުން ރިޕޯޓްކުރުމުން ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ.
މި މައްސަލައިގައި ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓު އަދިވެސް އޮތީ ހިފަހައްޓާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތް