ކެންސަރު ބަލީގެ ދުވަސް: ރައީސް އެދިވަޑައިގަތީ ދުންފަތާއި ދުރުވާން

Advertisement

އެންމެ ފަސް

Advertisement

މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކެންސަރު ބަލިޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ކަމަށެވެ. އަދި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައި ވެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް މިހާތަނަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް ގަނެވޭނެ އުމުރު 18 އަހަރުން 21 އަހަރަށް ބަދަލުކުރެއްވުން ހިމެނެ އެވެ.

”އެކީގައި ކުރާ މަސައްކަތާއި، ހިއްސާވަނިވި ޒިންމާގެ ތެރެއިން، ހާސިލުކުރަން ބޭނުންވާ އަމާޒަކީ، އަދުލުވެރި ގޮތެއްގައި އެންމެނަށް ރަނގަޅު ފަރުވާއަށް ވާސިލުވެވޭނެ މަގުފަހިކުރުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގައި ކެންސަރު ބަލި މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެންސަރު ބަލި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ