ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ހިމެނޭ ޓީމަކާއެކު ހއ. ބާރަށު ދާއިރާގެ ރަށްތަކަށާއި، އހ އަތޮޅުގެ ވެރިކަން ކުރާ ދިއްދޫގެ އިތުރުން އެހެން ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
އެހެންނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެ އެވެ.
ރައީސް މުއިއްޒުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ ހަފުތާގައި ވަނީ ރ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. އެގޮތުން އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރު ހިމެނެ އެވެ.
މީގެ އިތުރުން މި މަހުގެ ކުރީކޮޅު ރައީސް ވަނީ ގދ. އަތޮޅާއި ގއ. އަތޮޅުގެ އަށް ރަށަކަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ ގދ. ހޯނޑެއްދޫ، ގދ. ނަޑެއްލާ، ގދ. ވާދޫ، ގއ. ފިޔޯރީ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ އެވެ.
ރައީސް އަތޮޅުތެރެޔަށް ދަތުރުކުރައްވަމުންގެންދަވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގައި ފަށްޓަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާވެ އެވެ.