ސަރުކާރުން މީޑިއާތަކާއި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކުރުމަށްކަމަށް ބުނެ ޤާނާނެއް ހަދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށްޓަކައި ބިލެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މެންބަރު ނާޒިމް މިހެން ވިދާޅުވީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވަނީ ދާދި ފަހުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި އެއްވެސް މީޑިއާއަކުން އެ ބިލު ބަލައިގެންފާ ނުވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން، ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ އަދި މީޑިއާތަކަށްވެސް އެއްބަސްވެވޭ ކަހަލަ ބިލެއް ގެނެވޭތޯ.

ނާޒިމް ވިދާޅުވީ މި ބިލަކީ އޭނާ އިސްނަގައިގެން ފަރުމާ ކުރަމުންދާ ބިލެއް ކަމަށާއި މި ބިލުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.

ނާޒިމްގެ ވާހަކައިގައި މީޑިއާތަކުން ޒިންމާދާރުވާން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މީޑިއާތަކުން އަމިއްލަ ރެގިއުލޭޓް ވެވޭނެކަމަށް ބުނި ނަމަވެސް އެކަން އަދި ވެފައި ނުވާ ކަމަށާއި އެކަން ވާތަން ފެންނަން ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީޑިއާއިން ބުނަނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ އޭ. އެކަމަކު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެމީހަކު ދައްކަން ބޭނުންވާ އެއްޗެއް ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ.

މީޑިއާތަކުގެ އިންޓަނެޓު ރެގިއުލޭޓް ކުރުންވެސް މި ބިލުގައި ހިމެނޭނެކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ރެގިއުލޭޓް ކުރުމަކީ މުހިންމުކަމެއްކަމަށް ނާޒިމް ވިދާޅުވި އެވެ.

މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ފަރުމާ ކުރަމުންދާ ބިލަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތް އަދި ރާއްޖެއަށް އެންމެ އެކަށޭނެ ބިލަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މެލޭޝިޔާގައި އޮތް ގާނޫނަށް ރިއާޔަތް ކުރަމުންދާކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ