ސަރުކާރުން ކަންކަން ކޮށްދޭނީ ރައްޔިތުން އެދޭގޮތަށް: ރައީސް މުޢިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަށުގެ ތަރައްޤީއަށް ކުރަންޖެހިފައިވާ އެންމެހާ ކަންކަން ރައްޔިތުން އެދޭގޮތަށް ކޮށްދިނުމުގައި ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ. އިންނަމާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ރ. އިންނަމާދޫގައި 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫޢު ފެށޭނީ ރަށު ކައުންސިލުން ބިން ކަނޑައަޅައި، ކޮންޓްރެކްޓަރުން ހަމަޖެހުމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްފަހު، ދެން އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށެވެ. އަދި ވަކިވަކި ރަށްރަށުގެ ޚާއްޞަ ބޭނުންތަކަށްވެސް އިސްކަންދެއްވާނެ ކަމަށް ވިދާޅު އެވެ.

ރ. އިންނަމާދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ މަޝްރޫޢު ޢަމަލީގޮތުން ހިންގައި ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. މީގެއިތުރުން، ރަށުގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ ޢުމްރާނީ އަދި އިންސާނީ ވަޞީލަތްތަކުގެ ތަރައްޤީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްޤީއާއި ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރ. އިންނަމާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ