ވަޑިންނަށް ލުއި ލޯނަ ދޫކުރުމުގެ ވައުދާއެކު، ވަޑިން ތަމްރީންކުރާ މަރުކަޒެއް އަޅަން ރައީސްގެ ވައުދެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. އިންނަމާދޫގައި ވަޑިން ތަމްރީނު ކުރުމުގެ މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

މި ވައުދުފުޅު ވެވަޑައިގެންފައިވަނީ ރ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ވަޑިކަމުގެ ދާއިރާއަކީ މުޅީން ދިވެހީންނަށް ހާއްސަވެފައި އޮންނަ ދާއިރާއަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒެކެވެ. ނަމަވެސް މި ވަގުތު ދިވެހި ޒުވާނުން އެ ދާއިރާއަށް ވަނުމާއި ކުރިއެރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

”މި ރަށުގައި ތަމްރީނު ދެވޭ މަރުކަޒެއް އެޅުމަކީ އަޅުގަނޑު ގަސްތުކުރައްވާ ކަމެއް. ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އެ ކަމަށް ހަމަޖައްސައިދޭނަން،“ ރައީސް ވިދާޅުވި އެވެ.

މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓް ކުރާނެ ގޮތެއް ނެތުން ކަމަށް މާވަޑިން ވެސް ފާހަގަކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. މި މައްސަލަ ހައްލުކުރެއްވުމަށް ދެ ކަމެއް ކުރައްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ. އެގޮތުން، ބޭންކިން ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި ލުއި ލޯނެއް ތައާރަފުކުރައްވާނެ ކަމަށާއި، ބިން ކުރު މުއްދަތަކަށް ދޫކުރެވޭ ސިޔާސަތު ބަދަލުކުރައްވައި، މަދުވެގެން 20-30 އަހަރަށް ބިން ދޫކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

މި މަރުކަޒު ގާއިމުކުރެއްވުމުން، ވަޑިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވައި، އެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ރ. އިންނަމާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ