ސަރުކާރުން އިތުރަށް ފައިސާ ދޭން ނުޖެހި ހަރަދު ކުޑަކޮށްގެން ފެނަކަ ހިންގޭނެ: ނަޖާހު

Advertisement

Advertisement

އެންމެ ފަސް

Advertisement

މިވަގުތު ފެނަކައިގެ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވި ގޮތުގައި، ”ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ“ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރުވެސް ކުންފުނި ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޖާހު ފާހަގަކުރެއްވި ގޮތުގައި، ޕްރޮކިއުމެންޓް ނިޒާމުން އެކަނިވެސް ކުންފުނީގެ 40 ޕަސެންޓު ހަރަދު ކުޑަކުރެވޭނެ އެވެ. މިގޮތުން ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކުރަމުންދާ ހަރަދުތައް މުރާޖަޢާކޮށް، އޭގެ ތެރެއިން ”ބޮޑު އެއްޗެއް“ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ އަދާކޮށްދީފަ އެވެ. ނަމަވެސް ކުންފުނީގެ އާ އެމްޑީގެ ވިސްނުންހުރީ ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކެއް ހޯދުމަށެވެ.

ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ