ރ. ވާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވާދޫ ކައުންސިލާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވާދޫއަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ހަސަނެވެ. ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލް ރައީސް ހުސައިން އަލީ އެވެ.
ވާދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދިނުމަށް ފެއްޓި މަޝްރޫގެ ތެރެއިން ވެވުނު އެއްބަސްވުމެކެވެ. މި މަޝްރޫއަކީ މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިފްތިތާހު ކުރި މަޝްރޫއެކެވެ.
ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ވާދޫ އަކީ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.
ރ. ވާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް