’އަތުކުރި އޮޅާލަމާ‘ އަކީ ލޭ ހަދިޔާކުރަން ހިތްވަރުދޭ ކެންޕެއިނެއް

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މީޑިއާގައި ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބަޔަކު ސުވާލު އުފެއްދި ކެންޕެއިން ’އަތުކުރި އޮޅާލަމާ‘ އަކީ ކޮންކަމަކާއި ގުޅޭ ކެންޕެއިނެއްކަން ހާމަކޮށް، އެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭގޮތުން އެކި އުމުރުފުރާގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދިޔައީ ވައިރަލްވަމުންނެވެ. މިއީ ކޮންބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން، ’އަތުކުރި އޮޅާލަމާ‘ ކެންޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ މިއީ ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމުގެ ކެންޕެއިނެއްކަން ހާމަކޮށްފަ އެވެ.

ފޮޓޯ: އަތުކުރި އޮޅާލަމާ ކެމްޕޭން ޓީމް

މި ކެންޕެއިނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކެންޕެއިނެކެވެ. ކެންޕެއިން ޓީމުން ބުނީ ކެންޕެއިނަށް ’އަތުކުރި އޮޅާލަމާ‘ މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްގައި ކަމަށެވެ. މީގެ މާނައަކީ ލޭ ހަދިޔާކުރުމަށް އެންމެންވެސް އަތުކުރި އޮޅާލާށޭކަމަށް ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ބުނެފަ އެވެ.

ރާއްޖެއަކީ އެކިއެކި ސަބަބުތަކާއި ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. އެހެންކަމުން މި ކެންޕެއިންގެ ސަބަބުން ލޭ ހަދިޔާކުރުމަށް މީހުން އިތުރުކޮށް، މިކަމަށް ހޭލުންތެރިކޮށް، އަމިއްލައަށް އެދިގެން ލޭ ދޭމީހުންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ޓީމުން އުންމީދު ކުރެ އެވެ. އަދި ވަކިން ޚާއްސަކޮށް ލޭ ހަދިޔާކުރެވޭ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާނެކަމަށް ’އަތުކުރި އޮޅާލަމާ‘ ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

އަތުކުރި އޮޅާލަމާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ