ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން ފައިނޭންޝަލް އެޑްވައިޒަރުންނަށް ކުރިމަގުގައި ބަދަލުކުރަނީ

Advertisement

އެންމެ ފަސް

Advertisement

އަތޮޅުތަކުގެ ތެރޭގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗްތަކުގެ މުވައްޒަފުން ކުރިމަގުގައި ފައިނޭންޝަލް އެޑްވައިޒަރުންނަށް ބަދަލުވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައި ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ކުރިމަގުގެ މޮޑެލްއަކީ ”ޑިޖިޓަލް ބޭންކު“ ކަމަށެވެ. އެހެންކަމުން ރަށްރަށުގެ ބްރާންޗުތަކުގެ މުވައްޒަފުން މެދުވެރިކޮށް އެ ކަމަށް އާންމުން ހޭލުންތެރިކުރުން މާ ރަނގަޅަށް ހިންގޭނެ ކަމަށެވެ.

އެ މުވައްޒަފުން ކުރިމަގުގައި ވެގެންދާނީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ފައިނޭންޝަލް އެޑްވައިޒަރުންނަށް ކަމަށެވެ. އަދި ކުރި މަގުގައި މިފަދައިން ބަދަލު ގެންނަން ޖެހެނީ މުޅި ރާއްޖޭގައި މިހާރު އޭޓީއެމް ބަހައްޓާފައިވާއިރު، އެ ރަށެއްގައި ހުންނަ ބްރާންޗަށް ނުގޮސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން ފަސޭހަވުން ކަމަށެވެ. ބީއެމްއެލްގެ ކުރިމަގުގެ މޮޑެލްއަކީ ”ޑިޖިޓަލް ބޭންކު“ ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ރަށްރަށުގެ ބްރާންޗުތަކުގެ މުވައްޒަފުން މެދުވެރިކޮށް، އެ ކަމަށް އާންމުން ހޭލުންތެރިކުރުން މާ ރަނގަޅަށް ހިންގޭނެ ކަމަށެވެ.

ފިހާރަތަކަށް ވެސް އެ މުވައްޒަފުން ވަޑައިގެން ފައިނޭންސް ވެސް ބަލަހައްޓާނެ ގޮތް، ލޯނެއް ނަންގަވަންޏާ ވާންޖެހޭ ގޮތާއި މި ކަހަލަ ކަންކަން ކިޔައިދޭނެ ބަޔަކަށް ފައިނޭންޝަލް އެޑްުވައިޒަރުން ވާނީ. ބްރާންޗުތަކުގައި ހުންނަ ޓެލާސްގެ ބަދަލުގައި އޮޓަމޭޓެޑް ޓެލާސް މި ބޭނުންކުރަނީ. ބްރާންޗުތަކުގެ ސްޓާފުން މާ މުހިންމު ކަމަކަށް އެ ބޭފުޅުންގެ ވަގުތު ހޭދަކުރައްވާނީ މުސްތަގުބަލުގައި،“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރީގައި އެއްފަހަރާ ފައިސާ ނަގައިގެން އަތުގައި ބަހައްޓަނީ ކަމަށެވެ. އަދި ފިހާރައަކަށް ލިބޭ ފައިސާ ވެސް ޖަމާނުކޮށް ބެހެއްޓެނީ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ވޭތުވެ ދިޔަ 25 އަހަރު ތެރޭ އޭޓީއެމް ނުބެހެއްޓޭ ވަރަށް ރަށްރަށުގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން މި ކަން ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.

އޭޓީއެމްތައް ބަހައްޓަން ފެށުމާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ފުދޭވަރަށް ފައިސާ ޖަމާކުރުން އިތުރުވެގެންދިޔަކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެއީ އެ ބޭންކުން ބޭނުންވީ ގޮތް ކަމަށާއި ކުރިމަގުގައި އޭގެ ސަބަބުން ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗުތަކުން “ޑިޖިޓަލް ބޭންކު“ ފުޅާކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ