ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި ވަޒީރުން ބައިވެރި ކުރަނީ ރައްޔިތުންނަށް ކަންކަން ހާސިލުކޮށްދިނުމުގައި އަވަސް ސްޕީޑެއްގައި ކަންކަން ކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަކީ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި ކަމާ ގުޅޭ ވުޒާރާތަކުގެ ވަޒީރުން މި ދަތުރުފުޅުތަކުގައި ބައިވެރިވަނީ އެ ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައި، އެކަންކަން ކުރެވޭނެ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައިކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އާދެ އަޅުގަނޑު މި ދަތުރުތައް މި ކުރަނީ ކަންކަން ކޮށްދިނުމުގަ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދޭން. ކަމާ ގުޅޭ ވުޒާރާތަކުގެ ވަޒީރުން ރައްޔިތުންނާ ހަމައަށް އަޅުގަނޑާ އެކީގައި ވަޑައިގެން އެ ކަންކަމުގައި ތިޔަބޭފުޅުން ބޭނުންވާ ގޮތް ގޮތް އޮޅުންފިލުވައި އަދި އެކަންކަން ކުރެވޭނެ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގަ
މީގެ އިތުރުން މި ދަތުރުފުޅުތަކުގެ ބޭނުމަކީ ކަންކަން ކޮށްދީ ކަންކަން ހާސިލުކޮށްދިނުމުގައި އަވަސް ސްޕީޑެއްގައި ކަންކަން ކުރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާންމުކޮށް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގައި ޝާމިލްވާ ދާއިރާތަކުގެ ވަޒީރުން އެމަނިކުފާނާއެކު ދަތުރުފުޅުތަކުގައި ބައިވެރި ކުރަނީ އެ މަގުސަދުގައިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ވާދޫ އަކީ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.
ރ. ވާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް