ރާއްޖެ-އެސްޓޯނިއާ ގުޅުމުގެ އައު ޒަމާނެއް ފެށިއްޖެ: ރައީސް މުޢިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާއެކު ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުމަށް އައު ބާބެއް ފެށިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާތަކާ ގުޅޭ އެމް.އޯ.ޔޫތަކެއްގައި ސޮއިކުރެވުނެވެ. އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަކީ ދުނިޔޭގެ ނަމޫނާއެއް ކަމަށާއި، އެކަމުން ފިލާވަޅު ލިބިގަތުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރެއްވިއެވެ.

މި ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އައު ޒަމާނެއްގެ ފެށުމެކެވެ.

މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާ ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. މީގެ ތެރޭގައި އެސްޓޯނިއާގެ ރައީސް، ޕާލަމެންޓުގެ ރައީސާއި، ވަޒީރުންނާއި، ޓާޓޫ ސިޓީގެ މޭޔަރު އަދި އެކަޑަމިކް ދާއިރާގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުންތައް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސް މުޢިއްޒު އަދި ދިވެހި ވަފުދަށް އެސްޓޯނިއާގެ ސަރުކާރުންނާއި ރައްޔިތުން، ޚާއްޞަކޮށް ރައީސް ޑރ. ކަރިސް ކިޔުއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް ވެރިކަން ހަރުދަނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އިސް އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ