ހަމަލާތައް ހުއްޓާލަންވި އެއްބަސްވުމަށް މަރުހަބާ ކިޔައި، ރައީސް ގޮވާލެއްވީ ލިބުނު ގެއްލުމުގެ ބަދަލު ދޭން

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން އެކަމަށް މަރުހަބާ ވިދާޅުވެ، ގާއްޒާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުކަން، މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރި ގަތަރު ސަރުކާރުން އިއުލާންކުރުމާއެކު އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްތެއްގައު ވިދާޅުވީ ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބުނު ހަމަޖެހުމެއް ކަމަށެވެ. އަދި މި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީއަށް ފުރުޞަތު ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްރާއީލުން ފަލަސްޠީނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށެވެ. އަދި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާތައް އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަސްޠީނަށް ފޯރުކޮށްދިނުމަށްވެސް ގޮވާލެއްވި އެވެ.

ފާއިތުވި 15 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އ.ދ.ގެ ސަލާމަތީ މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް މުޢިއްޒު ދެއްވި ތަޤުރީރު ހިމެނެއެވެ. އެ ތަޤުރީރުގައި ރައީސް ވިދާޅުވީ ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ހިނދު، އެކަން ތ ހިނދު، އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ އ.ދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ގޮވާލައްވައިފައެވެ. އަދި ފަލަސްޠީނުގައި ހިންގަމުންގެންދިޔަ ޤަތުލުޢާންމުއާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމަށް ދިވެހިރާއްޖެއިން ވަނީ ތަދައްޚުލުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވާސިލުވެފައިވަނީ 15 މަސްދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ހަނގުރާމައިގައި 46,000 އަށްވުރެ ގިނަ ފަލަސްޠީނުން މަރުވުމަށްފަހުގަ އެވެ. އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި:

– ފުރަތަމަ 6 ހަފްތާއަށް ހަނގުރާމަ ހުއްޓާލުން
– ޣައްޒާއިން އިޒްރޭލީ ސިފައިން މަޑުމަޑުން ނެރުން
– ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުން
– އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުން ދޫކޮށްލުން

މި އެއްބަސްވުމަށް ވާސިލުވެފައިވަނީ މިސްރާއި ޤަޠަރުގެ މެދުވެރިކަމާއެކު އެމެރިކާގެ އެހީތެރިކަމާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިޒްރޭލް ރާއްޖެ - ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ