ފެނަކައިގެ އެމްޑީ އާއި މިނިސްޓަރ އާދަމް ޝަރީފު ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް، ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމާއި، ފެނަކައިން ޚިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުންނެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދެއެވެ. އަދި ކުރިއަށް އޮތް ރޯދަމަހުގައި ކަރަންޓުގެ ބޭނުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތަކުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ މިނިސްޓަރަށް މަޢުލޫމާތު ދެއްވާފައެވެ. މިގޮތުން، މަގުބައްތިތަކުގެ އަރތު ލީކް ސަރކެޓް ބްރޭކަރ ހުރިކަން ކަށަވަރުކޮށް، ސަލާމަތީ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފެނަކައިން ވަނީ މީގެ ކުރިން ހުރިހާ ރަށެއްގެ މަގުބައްތިތައް ވެސް އިންސްޕެކްޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ