ށ. ގޮއިދޫގައި ތިން މުހިންމު މަޝްރޫޢުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ށ. ގޮއިދޫގައި އަލަށް ގާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ ސެންޓަރާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ފަށައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފަށައިދެއްވީ ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައިދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.

މި ތިން މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި ރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ގޮއިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

ށ. ގޮއިދޫ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ