ކޮވިޑުގެ ނަމުގައި އެމްޑީޕީން މިލިއަނުން ވައްކަންކޮށް ކުޅުނީ ނާޗަރަންގީ: މަމްދޫހު

Advertisement

އެންމެ ފަސް

Advertisement

ކޯވިޑް-19 ގެ ނަމުގައި ކުރީ ސަރުކާރުން ކުރި ޚަރަދުތަކާމެދު ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ސުވާލު އުފައްދަވައިފި އެވެ.

މެންބަރު މަމްދޫޙު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ހާލަތު ނިމުމަކަށް އައުމުންވެސް އޭރުގެ ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާނުލައި ކުރިއަށް ގެންދިޔައީ ދިވެހި ރައްޔިތުން ތިބީ ވާނުވާ ނޭނގި ހުއްޓުން އަރާފައި ކަމަށް ދެކިގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

މަމްދޫހު މި ޕޯސްޓު ކުރައްވާފައި މިވަނީ 100 ރުފިޔާގެ އާ ނޫޓުތަކެއް އެމްއެމްއޭއިން ޗާޕު ކުރުމުން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އިދިކޮޅުން ވަނީ 100 ރުފިޔާގެ އާ ނޫޓުތަކާ ގުޅިގެން މަމްދޫހު ދެއްކެވި ވާހަކައެއްކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ.

މެންބަރު ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ހާލަތަކީ އެމްޑީޕީގެ ސަރުކާރުން މިނިސްޓްރީތަކުގެ އޮފީސްތައް ބަންދުކޮށް، ރިސޯޓުތަކާއި އަގުބޮޑެތި ހޮޓާތައް ދިވެހީންގެ ފައިސާއިން ނަގައިގެން ނާޗަރަންގީ ކުޅެން ބޭނުންކުރި ހާލަތެއްކަން ދިވެހި ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

މީގެ އިތުރުން މެންބަރު ފާހަގަކުރައްވާފައިވަނީ ކުންފުނިތަކުގެ ތިޖޫރީތައް ހުސްކޮށް، ވެންޓިލޭޓަރު ވައްކަންފަދަ އެތައް މިލިއަން ރުފިޔާއެއްގެ ވައްކަން ކުރެވުނު ކަމަށާއި، ދިވެހި ދައުލަތުގެ މާލިއްޔަތު ހިތުހުރި ގޮތަކަށް ބޭނުންކުރެވުނީ ކޯވިޑް-19 ގެ ނަމުގައި ކަމަށެވެ. އަދި 2023 ވަނަ އަހަރު އެންމެ ގިނަ ދަރަނި ނެގީވެސް ކޯވިޑް-19 ގެ ނަމުގައި ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

މަމްދޫޙު ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުން ދިވެހި ރައްޔިތުން އެދޭ ގޮތަށް ތަރައްޤީ ގެނެސްދޭނެ ކަމަށާއި، 56 ބިލިއަން ނޫން 500 ބިލިއަންގެ ބަޖެޓަކުންވެސް އެމްޑީޕީން ޤައުމަށް ދިން ގެއްލުންތައް ފޫބެއްދުމަށް ވަގުތު ނަގާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރާނެ ކަމަށެވެ.

އެމްއެމްއޭ އެމްޑީޕީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ