ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ރޯދައިގެކުރިން ދެނީ

Advertisement

އެންމެ ފަސް

Advertisement

ރަމަޟާން މަހުގެ ކުރިން ފެނަކަ ކޯޕަރޭޝަނުން، ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ، އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޖާޙު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ފެނަކައިން އަމިއްލަ ފަރުދުންނަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށްވެސް އިސްކަންދެމުންދާ ކަމަށެވެ.

ފެނަކައަކީ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވަމުން، ނަޖާޙު ވިދާޅުވީ ބޮޑެތި ފައިދާތަކެއް ހޯދުމަކީ އެ ކުންފުނީގެ މަޤްޞަދެއް ނޫން ކަމަށެވެ. ނަމަވެސް، ފެނަކައިގެ މަސައްކަތްތައް ހަރުދަނާކޮށްގެން، ސަރުކާރަށް ބުރަ ނުވާގޮތަށް ބާކީ ހުރި ދަރަނިތައް އަދާކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވީ ފާއިތުވި މަސްތަކުގައި، ޚާއްޞަކޮށް ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ވިޔަފާރިތަކުން، ފެނަކައަށް އެކަށީގެންވާ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި ޑީސަލް ގަތުމުގެ ޤަވާޢިދަށް ގެނެވުނު ބަދަލަކާ ގުޅިގެން 10 އިންސައްތައިގެ ޚަރަދު ކުޑަކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު ފެނަކައިން 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް، 94 ރަށަކަށް ފެނުގެ ޚިދުމަތް، އަދި 99 ރަށަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެ އެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ އަދާކޮށްދީފަ އެވެ.

ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ